ޗައިނާގެ މަތިން ވިލާތަކުގެ ތެރެއިން ރަށެއް ފެނިއްޖެ

ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޗައިނާގައި ނިމިދިޔަ ހަފްތާގައި މިވަނީ ވަރަށް އާދަޔާ ހިލާފު ކަމެއް ހިނގާފަ އެވެ. މިކަމެއް ހިނގާފައިވަނީ ޗައިނާގެ ޖިއާންޒީ އަދި ފޮޝާން ޕްރޮވިންސްގެ މަތިން ވިލާތަކުގެ ތެރެ...

19 Oct 2015 | 04:54

ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޗައިނާގައި ނިމިދިޔަ ހަފްތާގައި މިވަނީ ވަރަށް އާދަޔާ ހިލާފު ކަމެއް ހިނގާފަ އެވެ.

މިކަމެއް ހިނގާފައިވަނީ ޗައިނާގެ ޖިއާންޒީ އަދި ފޮޝާން ޕްރޮވިންސްގެ މަތިން ވިލާތަކުގެ ތެރެއިންނެވެ. އެ ދެ ޕްރޮވިންސްގެ އެތައް ހާސް ބަޔަކު ވަނީ އެމީހުންނަށް ވިލާ ތަކުގެ ތެރެއިން ރަށެއް ފެނުނު ކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. ޗައިނާގެ ރައްޔިތަކު މި މަންޒަރު ވީޑިއޯވެސް ކުރި މެއެވެ.

ނަމަވެސް ސައިންޓިސްޓުން ބުނަނީ އެއީ އިރާއި ވިލާތައް ދިމާވެ ބައެއް ފަދަ ހާލަތްތަކުގައި އިންސާނުންގެ ލޮލަށް ފެންނަ ދަޅައެއް ކަމަށެވެ.

ސައިންޓިސްޓުން މިހެން ބުނި ނަމަވެސް މަންޒަރު ދުއް މީހުންނާއި ވީޑީއޯ ފެނުނު ޗައިނާ މީހުން މިކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެ އެވެ. ޗައިނާގައި މިކަމާއިގުޅިގެން ދެ ގޮތަކަށް މިހާރު ވަނީ ވާހަކަ ދައްކަން ފަށާފަ އެވެ.

އެއް ބަޔަކު ބުނަނީ އެއީ އޭލިއަނުންގެ ކަމެއް ކަމަށާއި އޭލިއަނުން އިންސާނުންނަށް އެމީހުން އުޅޭކަން އަންގާލަ ދިނީ ކަމަށެވެ. އެއީ އޭލިއަނުންގެ ސިޓީއެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ ނާސާގެ ޕްރޮޖެކްޓެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް