އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމަނިދި ނިދިޔަ ނުދޭނެ ކަމަށް އިންޑިއާގެ ވެރިރަށް ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.
އަރުވިންދު މިހެން ވިދާޅުވެފައި ވަނީ އިންޑިއާގައި ދެ އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކު މި ހަފްތާގެ ތެރޭގައި ރޭޕް ކުރުމުން އެފަދަ ކަންކަން ހައްލުކުރުމަށް މޯދީ މަސައްކަތް ނުކުރާކަމަށް ވިދާޅުވެ އެވެ.
އަރުވިންދު ވިދާޅުވީ ވަގުތު ހުސްކޮށްގެން ގުޅުން ބަދަހި ކުރަން ކަމަށްބުނެ ބޭރު ގައުމުތަކަށް މޯދީއަށް ޒިޔާރަތް ކުރާއިރު ރޭޕް ކުރާ ކުދިންގެ އާއިލާއާވެސް މޯދީއަށް ބައްދަލު ކުރެވެން ޖެހޭ ކަމަށެވެ.
ދިއްލީގައި ރޭޕް ކުރުން ހައްދުފަހަނަ އަޅާފައި ވާކަމަށާއި އެއް އަހަރު ވަންދެން ދިއްލީ ފުލުސް އޭނާއާ ހަވާލުކޮށްފި ނަމަ ރޭޕް ކުރުމުގެ މައްސަލަ އެއްބުރުން ހައްލުކޮށްލާނެ ކަމަށްވެސް ދިއްލީ ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
ދިއްލީގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފަސް އަހަރުގެ ކުއްޖާ ރޭޕު ކޮށްލާފައިވަނީ ޖެހިގެން އަދި ދުވަހު ދިއްލީގެ އަނަންދު ވިހާރު އަވަށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް