އިޒްރޭލުގެ ސަހަރުތަކުގެ ސްކޫލުތަކުގައި ވަޒީފާ އަދާކުރަމުން އަންނަ ފަލަސްތީނަށް ނިސްބަތްވާ ފަރާތްތައް ވަޒީފާއަށް ނުނިކުތުމަށް އަންގައި، އެ ސްކޫލުތަކަށް ފަލަސްތީނަށް ނިސްބަތްވާ މުވައްޒަފުން ވަނުން މަނާކޮށްފި އެވެ.
މި ނިންމުން އިޒްރޭލުގެ ސަހަރުތަކުގެ ސްކޫލުތަކުން ނިންމާފައި މިވަނީ ގުދުސް އަށް ފަލަސްތީނުގެ މުސްލިމުންނަށް ނުވަދެވޭނެކަން އިޒްރޭލުން އެންގުމާއެކު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ދެ ގައުމުގެ މަސްރަހު ގޯސްވެފައި ވަނިކޮށެވެ. މި ނިންމުން މިގޮތަށް ނިންމި ސަހަރުތަކުގެ ތެރޭގައި އިޒްރޭލުގެ ވެރިރަށް ތެލް އަބީބް ވެސް ހިމެނެ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ހޫނުވެފައި ވާއިރު ފަލަސްތީނުގެ އަންހެންވެރިން ވަނީ އިޒްރޭލާ ދެކޮޅަށް ވަޅީގެ އިންތިފާޟާއެއް ފަށާފައެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ ކެބިނެޓުން ވަނީ ޔަހޫދީންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކަށް ގޮވާލާފަ އެވެ.
އިޒްރޭލުގެ ސްކޫލުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް އެ ސްކޫލުތަކަށް ނުދިޔުމަށް އެންގުމުން އިޒްރޭލުގެ އަރަބި މައިނޯރިޓީން ވަނީ އިޒްރޭލުގެ އެ ނިންމުމަކީ ނަސްލީ ގޮތުން ތަފާތުކުރުންތައް ގެންގުޅޭކަން ހާމަވާފަދަ ނިންމުމެއް ކަމަށް ބުނެފަ އެވެ. މި ނިންމުމާއިމެދު އިޒްރޭލު އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކާއި މެދު ހަމަހަމަ އުސޫލުތަކެއް ގެންގުޅުމަށް އިޒްރޭލު ސަހަރުތަކުގެ ހުރިހާ މޭޔަރުންނަށްވެސް އަންގާފައި ވާނެ ކަމަށާއި ވަކި ދީނަކަށް ނިސްބަތްވާތީ ވަކި ޖިންސަކަށް ނިސްބަތްވާތީ އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމުގައި މޭޔަރުންނަށް އަންގާފައި ވާނެ ކަމަށްވެސް އިޒްރޭލުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
އިޒްރޭލާއި ފަލަސްތީނާއި ދެމެދު މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގައި މިހާތަނަށް އިޒްރޭލަށް ނިސްބަތްވާ ހަތް މީހަކު މަރުވެފައި ވާއިރު ފަލަސްތީނުގެ 43 މީހަކު ޝަހީދުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް