ޔަހޫދީން ހިމާޔަތް ކުރުމަށް އިޒްރޭލުން ގުދުސްގައި ފާރުތަކެއް އަޅަނީ

ގުދުސްގައި ދިރިއުޅޭ ޔަހޫދީން ހިމާޔަތް ކުރުމަށް ކަމަށްބުނެ ގުދުސްގެ އިރުމަތީ ބިތުގައި އިޒްރޭލު ސިފައިން ފާރުތަކެއް އަޅަން ފަށައިފި އެވެ. މި ފާރުތައް އަޅަން ފެށީ ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އެ...

19 Oct 2015 | 01:00

ގުދުސްގައި ދިރިއުޅޭ ޔަހޫދީން ހިމާޔަތް ކުރުމަށް ކަމަށްބުނެ ގުދުސްގެ އިރުމަތީ ބިތުގައި އިޒްރޭލު ސިފައިން ފާރުތަކެއް އަޅަން ފަށައިފި އެވެ.

މި ފާރުތައް އަޅަން ފެށީ ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އެ ސަރަހައްދަށް އަލިފާން ބޯޅައާއި ހިލައިގެ ހަމަލާތައް ފަލަސްތީނުގެ ރައްޔިތުން ދެމުން ގެންދާތީ ކަމަށް އިޒްރޭލުން ހާމަކުރެ އެވެ. އިޒްރޭލުން ހާމަކުރާ ގޮތުގައި މި ފާރުގެ ސަބަބުން ފަލަސްތީނުގެ އަވަށެއް ކަމަށްވާ ޖަބާލަ މުކައްބިރު އަދި އިޒްރޭލުގެ އަވަށެއް ކަމަށްވާ އަރުމޯނީ ހަނަތަޝީފް ވަކިވެގެން ދާނެ އެވެ.

އިއްޔެ އާއި ހަމައަށް އެ ސަރަހައްދުގައި ހަ ފާރެއް އަޅާފައިވާއިރު އޭގެ ފާރެއްގެ އުސް މިނުގައި 2.5 މީޓަރު އަދި ދިގު މިނުގައި ދެ މީޓަރު ހުރެ އެވެ.

އިޒްރޭލުން ބުނެފައިވަނީ އެފަދަ ފާރުތައް ބޭނުންކޮށްގެން 300 މީޓަރުގެ ސަރަހައްދެއް ބަންދު ކުރާނެ ކަމަށާއި ބޭނުމަކީ ޔަހޫދީ އާއިލާތައް ރައްކާތެރި ކުރުން ކަމަށެވެ.

އިޒްރޭލާއި ފަލަސްތީނާއި ދެމެދު މަސްރަހު ގޯސްވެފައިވާއިރު ޖަބާލަ މުކައްބިރު ސަރަހައްދަކީ މަސްރަހު އެންމެ ގޯސްވެފައިވާ ސަރަހައްދެވެ. އެ ސަރަހައްދުގައި ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި މިހާތަނަށް ޔަހޫދީންގެ ހަތް މީހަކު މަރުވެފައިވާއިރު ފަލަސްތީނުގެ 42 މީހަކު ޝަހީދުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް