ހަމަލާ ދިނީ ވެރިކަމުގެ ދަހިވެތި ކަމުގަ، އެމްޑީޕީ އަދި ޕީޕީއެމުން އެފަދަ ކަމެއް ކޮށްފާނެކަމަށް ގަބޫލެއް ނުކުރަން: މޫސަ

ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއަކީ ވެރިކަމުގެ ދަހިވެތިކަމުގައި ދިން ހަމަލާއެއް ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އަދި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން އެފަދަކަމެއް ކޮށްފާނެ ކަމަށް ގަބޫލުފުޅު ނުކުރ...

19 Oct 2015 | 00:39

ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއަކީ ވެރިކަމުގެ ދަހިވެތިކަމުގައި ދިން ހަމަލާއެއް ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އަދި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން އެފަދަކަމެއް ކޮށްފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ ރޭ ސަން ޓީވީގެ "50 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސަ ވިދާޅުވީ އެ ކަމަކީ ކޮންމެ ބަޔަކު ކުރި ކަމެއް ކަމުގައިވިޔަސް ކުރާނީ ހަމަ އެންމެ ބޭނުމެއްގައި ކަމަށާއި އެ ބޭނުމަކީ ވެރިކަމުގެ ބޭނުން ކަމަށެވެ. އަދި ވެރިކަމަށް މީހުން އަންނަން ޖެހޭނީ އެހެން ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވީ އެފަދަ ކަންތައްތައް ރާއްޖޭގައި ހިނގާ ނަމަ ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ދިމާލަކަށް ނުދާނެ ކަމަށެވެ. އަދި އަމާން ކަމެއް ނެތް ގައުމަކަށް ޓުއަރިސްޓެއްގެ ގޮތުގައި ދާން ވެސް މީހަކު ބޭނުން ނުވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

ސަންޓީވީގެ "50 މިނެޓް" ޕްރޮގްރާމްގައި މޫސަ މިހެން ވިދާޅުވެފައި ވާއިރު ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ރޭ ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ނައިބު ރައީސް އަހުމަދު އަދީބުގެ އިހުމާލު ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް