ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) އެއްގައި މަޑުކުރަން އެންގުމުން ފުލުހެއްގެ ގައިގާ ސައިކަލުން ޖައްސާފައި ފިލައިގެން ދިޔަ މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
އެމީހަކީ ޅ. ކުރެންދޫ، މަގުމަތީގޭ، އުމުރުން 24 އަހަރުގެ އަލީ ސަމާހް މުހައްމަދެވެ.
ފުލުހުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހެންވޭރު ދަނޑުކައިރީގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުންދިޔައިރު އޭނާ ބާރު ސްޕީޑުގައި ދުއްވުމުން މަޑުކުރަން ބުނުމުން ފުލުހެއްގެ ގައިގާ ސައިކަލުން ޖައްސާފައި ފިލީ ކަމަށެވެ.
ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަމަށާއި ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް