މަސްތުވާތަކެއްޗާ ގުޅުންހުރި ދެ މައްސަލައެއްގައި ދެމީހަކު ހާޒިރުވާން އަންގައި ވަނަވަރު ހާމަކޮށްފި

މަސްތުވާތަކެއްޗާއި ގުޅުންހުރި ދެ މައްސަލައެއްގައި ދެމީހަކު ފުލުހަށް ހާޒިރުވާން އަންގައި އެ ދެމީހުންގެ ވަނަވަރު މިއަދު ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 02:00 އަށް ފ...

19 Sep 2024 | 12:08

މަސްތުވާތަކެއްޗާއި ގުޅުންހުރި ދެ މައްސަލައެއްގައި ދެމީހަކު ފުލުހަށް ހާޒިރުވާން އަންގައި އެ ދެމީހުންގެ ވަނަވަރު މިއަދު ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 02:00 އަށް ފުލުހުންގެ، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން އަންގާފައިވާ ދެ ފަރާތަކީ ގދ. ވާދޫ، އަތަމާގެ، އުމުރުން 25 އަހަރުގެ އިހްސާން އިބްރާހިމް އާއި ކ. ގާފަރު، ހުދުވިލާ އުމުރުން 40 އަހަރުގެ ޝީޒާ އިސްމާއިލެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޝީޒާ ހާޒިރުކުރަން ބޭނުންވަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. އަދި އިހުސާން ހޯދަމުންދަނީ ޑްރަގް ކޯޓުގެ ޝަރީއަތަށް ހާޒިރުކުރުމަށް ސުވާލުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް