މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް އިމިގްރޭޝަނުން ރެއިޑެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާކަމަށެވެ.
"ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ 07 އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ 07 ފަރާތަކަށް ވަނީ ނޯޓިސްވެސް ދިން ކަމަށާއި މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޓީމުން ވެސް ބައިވެރިވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް