ދުވަހުގެ މޫސުން: ދެކުނާއި މެދުރާއްޖެއަށް ވިއްސާރަ – ދެކުނުގެ ބައެއް ރަށްރަށަށް މެންދުރުކުރިން ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް މެންދުރުކުރިން ބޯކޮށް ވާރޭވެހުން އެކަށީގެންވާކ...

19 Sep 2024 | 02:26

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް މެންދުރުކުރިން ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރުގެ އެކި ހިސާބަށްވެސް ކެރީގެ އަސަރުކުރާނެކަމަށް ބެލެވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. އދި އެހެން ހިސާބުތަކުގެކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް