މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަދި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގަލޮޅު ކަންމަތީ ގައި ބައްދަލުވުމެއް ބާއްވާނެކަމަށް މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުން އޮންނާނީ މިރޭ 9 ގައި ގަލޮލޫ ކަންމަތީ (ގ.ގާނެޓް ކުރިމަތީ) ގައި ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ބައްދަލުވުމަށް މާރިޔާ ވަނީ ދައުވަތު ރައްޔިތުންނަށް އަރުވާފައެވެ.
https://twitter.com/MariyaDidi/status/1704087499600171225
މިއަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ކެމްޕޭނަށް ރަށްރަށަށް ވަޑައިގެންފައި ވާއިރު، ދެވަނަ ބުރުގައި ރައީސް ރަށްރަށަށް ވަޑައިގެންފައި ނުވެއެވެ. ނަމަވެސް ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ.މުއިއްޒު ވަނީ މިހާރު އަތޮޅުތަކާއި ރަށްރަށަށް ކެމްޕޭން ކުރުން ފަށައިފައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް