ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅަށް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާދަމާ ދަތުރު ފައްޓަވަން ނިންމައިފިއެވެ.
ޕީޕީއެމް/ ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ޑރ. މުއިއްޒުގެ އިންތިހާބީ އޭޖެންޓް މުހައްމަދު ޠަލާލް ވިދާޅުވީ، މި ދަތުރުފުޅުގައި މުއިއްޒު ވަޑައިގަންނަވާނީ ނ، ރ، ބ އަދި ޅ އަތޮޅަށް ކަމަށެވެ.
މި ދަތުރުގައި ޅ. އަތޮޅުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އޮޅުވެލިފުއްޓަށެވެ. ސަބަބަކީ ފުރަތަމަ ބުރުގައި އެ އަތޮޅުން މުއިއްޒު ވަޑާއިނުގަންނަވަނީ އެރަށަށް ކަމަށް ވާތީއެވެ.
މި ދަތުރު ނިންމަލާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭގައެވެ.
މުއިއްޒު ދެވަނަ ބުރުގެ ކެމްޕޭން ފައްޓަވާފައި ވަނީ އަރިއަތޮޅުންނެވެ. އޭގެ ފަހުން މުއިއްޒުވަނީ ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ. އެ ބުރުގައި ވާދަ ކުރާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުންނެވެ. އެއީ ޑރ. މުއިއްޒުއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް