ކައުންސިލް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމަށް ރައީސް ނިންމަވައިފި

ކައުންސިލް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތ...

19 Sep 2023 | 08:01

ކައުންސިލް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގައި%35 އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މޭ މަހުން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު، އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ ހިމެނިފައި ނުވާތީ، އެކަމުގެ ކަންބޮޑުވުންތައް ކައުންސިލްގެ މުވައްޒަފުން ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން،އެ ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް އަންނަ މަހުން ފެށިގެން%35 އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ، ރައީސް އެގޮތަށް ނިންމަވާފައި މިވަނީ، މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެފައި، ކައުންސިލް ތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑާއިގަންނަވާތީ ކަމަށެވެ.

ކައުންސިލް ތަަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށް ވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް%35 އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ ފަރަގު ބޮޑުވެފައި ވާކަމަށ މިއުވާން ވިދާޅުވިއެވެ.

އެހެންކަމުން، އެ ފަރަގު ނައްތާލުމުގެ ގޮތުން ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް%35 އެލަވަންސް ހަމަޖެއްސުމަށް ރައީސް ނިންމެވީ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް