އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވައިގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން...

19 Sep 2023 | 07:21

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 9 ފަރާތެއް ގުރުއަތުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު:

  • 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް
  • 501 – 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް
  • 1000 ޑޮލަރުން މަތީ ޓްރާންސެކްޝަން ތަކުގެ ތެރެއިން – ގުރުއަތުން ހޮވޭ 3 ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް

މި ޕްރޮމޯޝަން ކުރިއަށް ދާނީ 19 ސެޕްޓެންބަރު އިން ފެށިގެން 18 ޑިސެންބަރުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/send-money-overseas-and-win-big

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް