މިއަދުވެސް ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ޝްރީލަންކާގެ މިމަސްބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރޔު ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓުތަކެއް އިއްޔެވެސް އަތުލައިގެންފައިވާކަމުގައި އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ. މަހިބަދޫ “އަސުރުމާ” މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
“މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާތީ ތަފްސީލުތައް ލިބޭވަރަކުން ފޯރުކޮށްދެމުން ގެންދާނަން” އެމްއެންޑީއެފުން މީޑިއާއަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް