ނިޒާމީ ވޯޓުނަގަން އީސީއަށް އެންގުމާއި ހަމައަށް މަޖިލިސް ހުއްޓާނުލާ ކުރިއަށް ގެންދަން ރައީސް ނަޝީދު ނިންމަވައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަޖިލީހުން މިއަދުން މިއަދަށް ފާސްކުރަން ރައީސް ނަޝީދު މިއަދު އަމާޒު ކަނޑައަޅުއްވައިފިއެވެ. އެގޮތުން އެ ގަރާރު ހުށ...

19 Sep 2023 | 05:34

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަޖިލީހުން މިއަދުން މިއަދަށް ފާސްކުރަން ރައީސް ނަޝީދު މިއަދު އަމާޒު ކަނޑައަޅުއްވައިފިއެވެ.

އެގޮތުން އެ ގަރާރު ހުށަހެޅުއްވުމުގެ ފުރުސަތު އިލްޔާސް ލަބީބަށް ވަނީ އަރުވާފައެވެ.

"އެދެނީ މިއަދު ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް މައްސަލައިގެ ބަހުސް ނިމި، މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދެވި އަލުން އަނބުރާ ތަޅުމަށް ހުށަހެޅި މައްސަލައަށް ވޯޓަށް އެހުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ ހުރިހާ މެންބަރުންވެސް މިކަމުގައި ބައިވެރިވުން އެދިލައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓަށް އެއްބަސްވެވަޑައިގެންފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިނަމަވެސް މިއަދު އެމްޑީޕީގެ ދެތިން މެންބަރަކު ފިޔަވައި އިތުރު މެންބަރުން ހާޒިރު ނުވާކަމަށެވެ.

އިލްޔާސް ލަބީބް އެކަން ހުށަހެޅުއްވީ ނޮވެމްބަރު 30 ގެ ކުރިން އާންމު ހިޔާލު ހޯދުމުގެ ވޯޓަށް އެހުމަށެވެ.

ސައި ގަޑިއަށް މަޖިލިސް މެދުކަނޑާލީ މިއަދުގެ އަމާޒަކީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމާއި ހަމައަށް މަޖިލިސް ކުރިއަށްގެންދިއުން ކަމުގައި ރިޔާސަތުން ރައީސް ނަޝީދު އިއުލާނު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް