ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ދަ ޑިމޮކްރެޓްސްގެ ގޮތުގައި ކަނޑައެޅި މައިނޯރިޓީ ލީޑަރުކަން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގެންފިއެވެ.
އަލީ އާޒިމަށް މައިނޯރިޓީ ލީޑަރުކަން ލިބިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސްގެ އިތުރު 10 މެންބަރަކު ހިމެނި މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު 13 އަށް އެރުމުންނެވެ.
"އެމްޑީޕީ ފިޔަވައި، އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީއަކީ ދަ ޑިމޮކްރެޓްސް، މައިނޯރިޓީ ލީޑަރަކީ އަލީ އާޒިމްކަމުގައި އިއުލާނުކުރަން" ރިޔާސަތުން، ރައީސް ނަޝީދު އިއުލާނުކުރެއްވިއެވެ.
މައިނޯރިޓީ ލީޑަރު އަލުން ކަނޑައެޅިގެން ގޮސްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށިގެންދިޔައީވެސް ގޮންޖެހުންތަކަކާއި އެކުގައެވެ.
އެގޮތުން 09:00 ގައި ފަށަން އޮތް ޖަލްސާ ފަސްވަމުން ލަސްވަމުންގޮސް ފެށުނީ 10 ޖަހާ ބޮޑުވިފަހުންނެވެ. ރިޔާސަތުން ރައީސް ނަޝީދު އިއުލާނުކުރައްވަމުން ގެންދެވީ އެމްޑީޕީގެ މެންބަރުން ގޮނޑިދޮށުގައި ތިބެ ތަޅުމަށް ނުވަންނަ ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ ރައީސް ސޯލިހް ކަމަށެވެ. އަދި ރައީސް ސޯލިހަށް ރައީސް ނަޝީދު ނުހުއްޓުވޭނެ ކަމަށާއި މަޖިލިސް ގެންދަވާނެ ކަމަގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް