ބޯކޮށް ވާރޭވެހި ކުރެންދޫގައި ފެންބޮޑުވެއްޖެ، ލިބުނު ގެއްލުމުގެ ދެނެގަތުމުގެ މަސައްކަތް ފަށައިފި

ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގައި ފެންބޮޑުވެ ބައެއް ގެތަކާއި ވިޔަފާރިތަކަށް ގެއްލުން ލިބިއްޖެއެވެ. މިކަމާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ ރޭ މެންދަ...

19 Sep 2023 | 04:41

ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގައި ފެންބޮޑުވެ ބައެއް ގެތަކާއި ވިޔަފާރިތަކަށް ގެއްލުން ލިބިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ ރޭ މެންދަމުން ފެށިގެން ޅ.ކުރެންދޫއަށް ބޯކޮށްވާރޭވެހި ރަށުގައި ފެންބޮޑުވުމުގެ ސަބަބުން MNDF ގެ ނޮދަން އޭރިޔާގެ އެހީތެރިކަމާއި އެކު ރަށުތެރޭގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

"މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް  ކައުންސިލާއި ގުޅިގެން މިއޮތޯރިޓީއިން މިގެންދަނީ ކުރަމުން" އެންޑީއެމްއޭއިން ބުނެފައިވެއެވެ.

https://twitter.com/NDMAmv/status/1703990804677906493

އެންޑީއެމްއޭއިން ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުގައި ބައެއް ގެތަކަށް ފެންވަދެފައިވެއެވެ. ރަށުގެ ކައުންސިލްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް