ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިށް މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ރައްދެއް ދެއްވީ މިއަދުވެސް ކޯރަމް ހަމަނުވެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަދި ނުފެށިގެން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.
"ރައްޔިތުންގެ މަޖިލިސް ސަބަޓާޖްކޮށް ހުއްޓުވާފައި މި ބަހައްޓަނީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެގެނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ދެން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް މަސައްކަތްޕުޅު އެ ކުރައްވަނީ ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައިގެން ދައުލަތް ހުއްޓުވާލުމަށް ކަމަށެވެ.
"ވަރަށް ސާފުކޮށް ދަންނަވަން، އަޅުގަނޑުގެ މަސައްކަތް ނުހުއްޓުވޭނެ، ހުއްޓުނަ ނުދީ މަޖިލިސް ކުރިއަށް ގެންދާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް