ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 56 ޕަސެންޓް ނިންމާލެވިފައިވާ ކަމަށެވެ.
އަދި ހިއްކި ސަރަޙައްދު ލެވެލް ކުރުމުގެ މަސައްކަތުގެ 86 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި 138,247 އަކަ މީޓަރުގެ ހިއްކި ސަރަޙައްދު ލެވެލް ކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.
މީގެ އިތުރުން 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫޢަކީ 19.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް