ވީއައިއޭ ސަލާމަތީގޮތުން ވަރުގަދަ ކުރުމަށް އެސެޓް ސެކިއުރިޓީ ސާވިސަސް އިފްތިތާހުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ* ސަލާމަތީ ގޮތުން ވަރުގަދަ ކުރުމަށް އެސެޓް ސެކިއުރިޓީ ސާވިސް އިފްތިތާހު ކޮށްފި އެވެ. މިއަދު ވަނީ މި ހިދުުމަތް އިފްތިތާހުކޮށް އެ މުވައްޒަފުންގެ ޔުނިފޯމް ދައްކާލު...

19 Sep 2022 | 13:08

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ* ސަލާމަތީ ގޮތުން ވަރުގަދަ ކުރުމަށް އެސެޓް ސެކިއުރިޓީ ސާވިސް އިފްތިތާހު ކޮށްފި އެވެ.

މިއަދު ވަނީ މި ހިދުުމަތް އިފްތިތާހުކޮށް އެ މުވައްޒަފުންގެ ޔުނިފޯމް ދައްކާލުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.

އެސެޓް ސެކިއުރިޓީ ސާރވިސަސްގެ ނަމުގައި އެމްއޭސީއެލްގައި މި އިފްތިތާހުކުރި ޙިދުމަތުގެ ސަބަބުން އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ހާއްސަ ސަމާލުކަމެށް ދީގެން އެއަރޕޯޓްގެ މުހިއްމު އިމާރާތްތަކާއި، ތަންތަނާއި އަދި ތަކެތި އެއްމެހައި ޣައިރުޣާނޫނީ އަމަލު ތަކުން ރައްކާތެރި ކުރުމަށްޓަކައި ހާއްސަކޮށް އުފެއްދި ޙިދުމަތެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ހިދުމަތް ތައާރަފު ކުރަން ޖެހުނު މައިގަނޑު އެއް ކަމަކީ އެއާޕޯޓަކީ މާލެ އާއި ހުޅުމާލެއާއި ގުޅިފައިވާ ތަނަކަށްވުމެވެ. އެމްއޭސީއެލްއިން ބުނީ ކުރިނ ވަކި ރަށެއްގެ ގޮތުގައި ހުޅުލެ އޮތް އިރު ވީއައިއޭ ބެލެހެއްޓުން ފަސޭޙަވިޔަސް މިހާރު ގޮން ޖެހުންތަކެއް އެބަހުރި ކަމށެވެ.

އެ ޓީމުން މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ އާ ސީޕްލޭން ޓާމިނަލް، އާ ފިއުލް ފާމް ސަރަހައްދު، އާ ކާގޯ ޓާމިނަލް، އެއާ ޓްރެފިކް މެނޭޖްމަންޓު އިމާރާތް، އިންޖީނުގެ، ވޯޓާ ސަޕްލައި އިމާރާތް، އެމްއޭސީއެލްގެ އިދާރީ އިމާރާތް، އެއާޕޯޓުގެ ލޭންޑްސައިޑް ބައުންޑަރީ ފެންސު އަދި ޗޕާކިން ސަރަހައްދެވެ.

އަދި އެއާޕޯޓުގެ ފަޔާ އެލާމް ކޮންޓްރޯލް ޕެނަލްތަކާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތަކާއި ސީސީޓީވީ ސިސްޓަމްތައް ވެސް ބަލަހައްޓައި އޮޕަރޭޓުކޮށް، ޓާމިނަލް ސަރަހައްދު ޕެޓްރޯލް ކުރުމުގެ މަސައްކަތްވެސް މި މުވައްޒަފުން ކުރާނެ އެވެ.

އެމްއޭސީއެލްއިން ބުނީ އަލަށް ތައާރަފުކުރި ސެކިއުރިޓީ ސާވިސް ހިންގާނީ އެއާޕޯޓުގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުގެ ދަށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް