ނަހުލާ ކޮމިޓީއަކަށް ގަޑި ޖެހުނު އުޒުރަކަށްވީ، މައްސަރު ކަންތައް!

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ގަޑި ޖެހުނު އުޒުރެއްގެ ގޮތުގައި މައްސަރު ކަންތައް މެދުވެރިވީ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. ނަހުލާ ގަޑިޖެހިގެން ވަޑައިގެންނެވީ މ...

19 Sep 2022 | 11:40

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ގަޑި ޖެހުނު އުޒުރެއްގެ ގޮތުގައި މައްސަރު ކަންތައް މެދުވެރިވީ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ ގަޑިޖެހިގެން ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކަރިގެ ކޮމިޓީއަށެވެ. އެ ދުވަހު އޭނާ ގަޑިޖެހުމުން ނަހުލާ ކޮމިޓީގައި ބައިވެރިނުކޮށް، ފަހުން އަމުރެއް ނެރެގެން މިއަދު ހާޒިރު ކުރަން ކޮމިޓީން ނިންމިއެވެ.

މިއަދު އޮތް ކޮމިޓީގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ އެދުވަހު މަޖިލީހަށް ލަހުން ވަޑައިގެންނެވުނީ ކުޑަކޮށްވެސް އިހުތިރާމް ކުޑަކުރުމުގެ ގޮތުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން އޭނާއަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ ކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެކަމަނާއަށްވެސް އެ ހާލަތް އައީ ކަމަށް ވިދާޅުވި އެވެ.

ނަހުލާއަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި މިފަދަ ތަފާޓު ވާހަކަ ދައްކަވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް