އުނގޫފާރު ސްކޫލްގައި އަށް ކްލާސްރޫމް އަޅަން 10 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފި

ރ. އުނގޫފާރު ސްކޫލްގައި އަށް ކްލާސް ރޫމް އަޅަން ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލި...

19 Sep 2022 | 09:59

ރ. އުނގޫފާރު ސްކޫލްގައި އަށް ކްލާސް ރޫމް އަޅަން ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސާ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނާއިހް ނަޖީބެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއަކީ މިދިޔަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަސެވެ.

އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ10.16 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް