ދަސްކުރާ މީހެއް ބަސް ދުއްވަނިކޮށް ޕޮލިސް ޕޯސްޓެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

އެމްޓީސީސީގައި ތަމްރީން ހަދަމުންދާ މީހެއް ބަސް ދުއްވަނިކޮށް ޕޮލިސް ޕޯސްޓެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެ ބަސް ދުއްވާފައިވަނީ އެމްޓީސީސީ "ހުނަރު" ޕްރޮގްރާމްގައި ބަސް ދުއްވަން...

19 Sep 2022 | 09:26

އެމްޓީސީސީގައި ތަމްރީން ހަދަމުންދާ މީހެއް ބަސް ދުއްވަނިކޮށް ޕޮލިސް ޕޯސްޓެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ ބަސް ދުއްވާފައިވަނީ އެމްޓީސީސީ "ހުނަރު" ޕްރޮގްރާމްގައި ބަސް ދުއްވަން ދަްސްކުރަމުންދާ މީހެކެވެ. މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު10:00 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބަސް ޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ހަދާފައިވާ ޕޮލިސް ޕޯސްޓުގައި ކަމަށެވެ. ބެލެވޭ ގޮތުގައި މި އެކްސިޑެންޓު ހިނގީ ޑްރައިވަރު އެތާ ކައިރީ އިންނަ ބަސް ސްޓޮޕަށް ދިއުމަށް ގޯޅީ އަޅަން އުޅުމުގެ ތެރޭގައި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އެމްޓީސީސީގެ ދެބުރި ބަހެއް އެކްސިޑެންޓުވެފައިވާތަނެވެ. ޕޯސްޓުގެ ފުރާޅުގައި ޖެހުމުން ބަހުގެ މަތީ ބައިގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި ހާދިސާ ހިނގި އިރު ބަހުގައި ޑްރައިވަރާއި އިންސްޓްރަކްޓަރުން ފިޔަވާ އިތުރު ބަޔަކު ނެތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް