ޖާސޫސު ކުރިކަމުގެ ތުހުމަތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި ދެމީހުން ބަންދުން ދޫކޮށްލައި އިންޑިއާއަށް ފޮނުވާލައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ ސްޕައި ކުރަން ބޭނުންކުރާ ޒާތުގެ ބަޓަން ކެމެރާއެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ދެމީހުންގެ މައްޗަށް ޖިނާއީ ތުހުމަތެއް އުފުލޭވަރަށް ހެކި ލިބިފައިނުވާކަމަށެވެ. އެހެންކަމުން މި މަހުގެ އަށްވަނަ ދުވަހު އެމީހުން ދޫކޮށްލާފައިވާކަމަށެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު އެ ދެމީހުން ރާއްޖެއިން ފޮނުވާލާފައިވާކަމަށެވެ.
ޖާސޫސް ކުރިކަމުގެ ތުހުމަތަށް އެއާޕޯޓުން މި ދެމީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ. އޭރު ހައްޔަރުކުރުމަށްފަހު ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖެހިއެވެ.
މި ދެމީހުން ދޫކޮށްލައި ގައުމަށް ފޮނުވާލާފައިވާއިރު ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހުން ދިޔައީ ސްޕައި ކެމެރާއެއް ހަރުކޮށްގެން އެއާޕޯޓުގެ މަންޒަރުތައް އެހެން ދިމާލަކަށް ވަގުތުން ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް