ލޮލަކަން ނިންޖެއް ނާދޭ މި ލަވަ އަލުން ކިޔާ އާ ވީޑިއޯ ލަވައެއް ރިލީޒް ކުރުމުން އަލީ ރަމީޒް މި ލަވަ ޔޫޓިއުބްގައި ކްލެއިމްކޮށް އަލީ ރަމީޒް މިކަމާއި ގުޅިގެން ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެގޮތުން އަލީ ރަމީޒް ބުނެފައިވަނީ ރާއްޖޭގައި ފިލްމު ހަދަން އުޅޭ ކުންފުންޏަކު އޭނާގެ އަމިއްލަ އުފެއްދުމެއް (ލަވައެއް) އޭނާ ގާތު އަހާލުމެއްވެސް ނެތި އެ ލަވަ އެހެން މީހަކު ލައްވާ ކިޔުއްވައި، އޭގެ ރިމިކް ހަދައި، އޭގެ ވީޑިއޯ ހަދައި، އަދި ނުވިތާކަށް އެމީހުންގެ ފިލްމަކަށް ލުމަށް މަސައްކަތްކުރަމުންދާކަން އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާއިންނާއި އަދި އެހެނިހެން މީޑިއާތަކުން ކަށަވަރު ކުރެވިފައިވާކަމަށެވެ.
"މިފަދައިން އަޅުގަނޑުގެ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާމެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ވާހަކަ ދަންނަވަން" އަލީ ބުނެފައިވެއެވެ.
އަލީ އިތުރަށް ބުނެފައިވަނީ މީހުންގެ ހައްގުތަކަށް އިހުތިރާމުކޮށް މިފަދައިން ކަންތައް ނުކުރުމަށް އެންމެހާ ފަރާތްތަކަށް ދަންނަވާކަމަށާއި އަދި ފިލްމު ކުޅުމުގެ ނަމުގަ ބިންމަތީ ފަސާދަކުރުން ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވާކަމަށެވެ.
https://twitter.com/muni_avas/status/1571166221927841792
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް