ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް 3،000 މަގު ބައްތި ދީފި

ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް3،000 މަގު ބައްތި ހަދިޔާ ކޮށްފި އެވެ މި ކަމަށްޓައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީކޮށް ބައްތިތައް ހަވާލުކޮށްދެއްވީ ސަފީރު ވެންގް ލިޒިންއެވެ. މާލޭ ސިޓީ ކައުންސި...

19 Sep 2022 | 07:39

ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް3،000 މަގު ބައްތި ހަދިޔާ ކޮށްފި އެވެ

މި ކަމަށްޓައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީކޮށް ބައްތިތައް ހަވާލުކޮށްދެއްވީ ސަފީރު ވެންގް ލިޒިންއެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދޭގޮތުގައި މި ބައްތިތައް މާލެ އާއި ވިލިމާލޭގައި ހަރުކުރާނެ އެވެ.

ބައްތިތައް ބޭނުން ކުރުމުގައި އިސްކަން ދޭނީ މިހާރު ހަލާކުވެފައި ހުރި ބައްތިތައް ބަދަލު ކުރުމަށެވެ.

މި ހަފްލާގައި މޭޔަރު ޑރ. މުއިއްޒު ވަނީ މާލޭގެ ތަރައްގީއަށް ޗައިނާ އިން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް