ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖެހި މީހާއަށް ޖަލު ހުކުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ފާރުގައި “އިންޑިއާ އައުޓް” ޖެހި މީހާއަށް  ޖަލު ހުކުމެއް އިއްވައިފި އެވެ. ކެނެރީ ގޭ ފާރުގައި ސްޕްރޭ ކޮށްގެން އިންޑީ...

19 Sep 2022 | 06:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ފާރުގައި “އިންޑިއާ އައުޓް” ޖެހި މީހާއަށް  ޖަލު ހުކުމެއް އިއްވައިފި އެވެ.

ކެނެރީ ގޭ ފާރުގައި ސްޕްރޭ ކޮށްގެން އިންޑީއާ އައުޓް ޖެހީ މިދިޔަ މެއި މަހުގެ30 ވަނަ ދުވަހުގެ ރޭ އެވެ.

މި މައްސަލައިގައި ކޯޓުން އިއްޔެ ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައުގެ މައްޗަށެވެ. އޭނާއަށް އިއްވާފައިވަނީ މަހަކައި24 ދުވަހުގެ ޖަލު ހުކުމެކެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން "އިންޑިއާ އައުޓް" ސްޕްރޭކޮށް އެ ފާރަށް އޭނާ ގެއްލުން ދީފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

އެމީހާ ވަނީ ކޯޓު މަރުހަލާގައި ކުށަށް އިއުތިރާފުވެފައެވެ. އެކަމަކު ބުނެފައިވަނީ އެކަން ކުރި ގޮތާއި ސަބަބު ހަނދާން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް