ޕްރެޝަރާއި ހެދި ވަލީއަހުދު މުހައްމަދު، ރާނީގެ ޖަނާޒާއަށް ވަޑައިގަތުން ކެންސަލްކޮށްފި

ސައުދީއަރަބިއްގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން، އިނގިރޭސިވިލާތަށް ކުރައްވަން ހަމަޖެއްސި ދަތުރު ކެންސަލްކޮށްފި އެވެ. އޭނާ އިނގިރޭސިވިލާތަށް ވަޑައިގެންނަވަން އުޅުނީ ރާނީ އެލިޒަބަތު ދޭއްގެ...

19 Sep 2022 | 05:23

ސައުދީއަރަބިއްގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން، އިނގިރޭސިވިލާތަށް ކުރައްވަން ހަމަޖެއްސި ދަތުރު ކެންސަލްކޮށްފި އެވެ.

އޭނާ އިނގިރޭސިވިލާތަށް ވަޑައިގެންނަވަން އުޅުނީ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މުހައްމަދު އެ ގައުމަށް ވަޑައިގެންނަވަން ހަމަޖެހިފައި އޮތީ މިޔަ ހޮނިހިރު ނުވަތަ އިއްޔެ އެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރާނީގެ ޖަނާޒާއަށް ސައުދީ އަރަބިއްޔާ އިން ފޮނުވާނެ މަންދޫބަކީ ޕްރިންސް ތުރުކީ ބިން މުހައްމަދު އަލް ސައުދު ކަން ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ ގައުމަކުން ކަނޑައަޅާ މަންދޫބަކަށް އެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ.

ވަލީއަހުދު މުހައްމަދުގެ ދަތުރުފުޅު ކެންސަލް ކޮށްލީ ޕްރެޝަރާއި ހެދި ކަމަސް ރިޕޯޓުތައް ބުނެ އެވެ.

އޭނާ އެ ޖަނާޒާއަށް ވަޑައިގެންނެވުމާއި ހައްގުތަކަށް ވަކާލާތު ކުރާ މީހުން ދެކޮޅު ހެދީ ސައުދީއަށް ނިސްބަތްވާ ނޫސްވެރިއެއް ކަމަށްވާ ޖަމީލް ހަޝޯގީ މަރާލުމުގައި މުހައްމަދު ބައިވެރިވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކެވެ. އެމީހުން ބުނީ އަޝޯގީ މަރާލީ މުހައްމަދުގެ އެންގެވުމަށް ކަމަށެވެ.

މި ތުހުމަތުތައް މުހައްމަދު ދޮގު ކުރައްވަ އެވެ.

އެކަމަކު އެ މައްސަލައިގަ ހުޅަނގުގެ އިންޓެލިޖެންސް އިދާރާތަކުން އޭނާ މައްޗަށް ކޮށްފައިވާ ތުހުމަތުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި ހަޝޯގީ މަރާލީ ސައުދީ އަރަބިއްޔާގެ ޓީމަކުން ކަމަށެވެ.

އެޓީމަކީ މުހައްމަދުގެ އޯޑަރަށް މަސައްކަތް ކުރި ޓީމެއް ކަމަށާއި ހަޝޯގީ މަރާލަން އަމުރު ނެރުނީ ސީދާ މުހައްމަދު ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް