ޖާބިރުގެ ވެރިކަމެއްގައި ޑޮލަރެއް ވިއްކާނީ ހަތް ރުފިޔާއަށް!

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ވެރިކަމެއްގައި ރާއްޖޭގައި ޑޮލަރުގެ އަގު ހަތް ރުފިޔާއށް ދަށް ކުރާނެ ކަމަށް ވިދާޅުވެެއްޖެ އެވެ. ޖާބިރު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ...

19 Sep 2022 | 04:43

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ވެރިކަމެއްގައި ރާއްޖޭގައި ޑޮލަރުގެ އަގު ހަތް ރުފިޔާއށް ދަށް ކުރާނެ ކަމަށް ވިދާޅުވެެއްޖެ އެވެ.

ޖާބިރު ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ޓިކެޓުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ވެރިކަމަށް އެރުމާއި އެކު ވަގުތުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށެވެ. އެކަން ކުރުމަަށް ޖާބިރު ގެންގުޅުއްވާނެ އުކުޅުތައްވެސް ވިދާޅުވެ ދެއްވި އެވެ.

އެގޮތުން ކަސީނޯތައް ހިންގަން ފެށުމާއި ވިޔަފާރިތައް ފުޅާ ކުރުމުން ޑޮލަރު އަގު ދަށްވާނެ ކަމަށް ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ މިކަންކަމަކީ ހަޔާ އެޑިއުކޭޝަނާއި ގުޅިފައިވާ ކަންކަން ކަމަށާއި މި ވިޔަފާރިތައް ހިންގާނީ ހައިކޮށް ކަމަށެވެ.

ޖާބިރު ވިދާޅުވީ އެފަދަ ގޮތް ގޮތުން ފައިސާ ހޯދޭ ނަމަ ޖީއެސްޓީ ބޮޑޫ ކުރަން ނުޖެހޭނެ ކަމަށެވެ.

ކަސީނޯ ކުޅުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. އެކަމަކު މިއަދުގެ ޖަލްސާގައި އެފަދަ ވާހަކަ ނުދެއްކުމަށް ރައީސް މުހައްމަދު ނަޝީދު އިރުޝާދެއް ނުދެއްވަ އެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި ކަސީނޯ ކުޅޭ ތަންތަން ހުޅުވާ ވާހަކަ ޖާބިރު ދައްކަވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް