ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް، 42 ވަނަ މުބާރާތުގެ ފައިނަލް ބުރަށް އަލްހާފިޒް އަހްމަދު ނަބީހު އަބްދުލްގާދިރު ހޮވިއްޖެއެވެ.
މިކަން ހާމަކޮށް، ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ބުނެފައިވަނީ މުބާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދެބައިވެރިން ފުރަތަމަ ބުރުގައި ކިޔަވައިނިމި، ދެވަނަ ބުރާއި ފައިނަލްބުރަށް އަޙްމަދު ނަބީހު ޢަބްދުލްޤާދިރު ވަނީ ހޮވިފައި ކަމަށެވެ.
"111 ޤައުމަކުން 153 ބައިވެރިން ބައިވެރިވި މި މުބާރާތުގެ ފައިނަލް ބުރަށް ނަބީހު ހޮވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް" އެ މަރުކަޒުން ބުނެފައިވެއެވެ.
ނަބީހުގެ އިތުރުން މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ މުހައްމަދު ޔޫޝައު ބިން ޒަމްޒަމް އެވެ. މި ދެ ބައިވެރިންނާއެކު ދެ ބައިވެރިންގެ ބެލެނިވެރިންވެސް ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ.
މި މަހުގެ 10 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށްދަނީ މި މަހުގެ 21 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް