ރައީސް ސޯލިހު އދ. ގައި ތަގުރީރު ކުރައްވަނީ ދިވެހި ބަހުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދ، ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ. މީގެ ކުރިން އދ. ގެ އާންމު މަޖިލީހުގައި ދިވެހިން ބަހުން ތަގުރީރު ކުރެއްވި ހަމައެ...

19 Sep 2021 | 18:44

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދ، ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން އދ. ގެ އާންމު މަޖިލީހުގައި ދިވެހިން ބަހުން ތަގުރީރު ކުރެއްވި ހަމައެކަނި ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެއީ2006 ވަނަ އަހަރު އެވެ.

"ދުވަސް" އިން ސުވާލު ކުރުމުން ރައީސް އޮފީހުން އެކަން ޔަގީންކޮށް ނުދިން ނަމަވެސް ދޮގުކޮށްފައެއް ނުވެ އެވެ.

އާންމު މަޖިލީހުގެ ޖަލްސާގެ އިންތިޒާމުތައް އަދި ހަމަޖެހިފައިވާ ގޮތުން ރައީސް ސޯލިހް ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ އަދި ބްރެޒިލްގެ އިސްވެރިން ތަގުރީރު ކުރެއްވުމުންނެވެ.

މިއީ ރައީސް ސޯލިހު އދ،ގެ އާންމު މަޖިލީހުގައި ތަގުރު ކުރައްވާ ދެވަނަ ފަހަރެވެ. ވެރިކަމަށް ވަޑައިގެންނެވިފަހުން2019 ވަނަ އަހަރު ބޭއްވި މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރެއްވި ފަހުން އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ ގައުމުތަކުގެ ވެރިން ހާޒިރުވެގެން ބާއްވާފައެއް ނުވެ އެވެ.

މިދިޔަ އަހަރު އދ. ގެ އާންމު މަޖިލީސް ބޭއްވީ ކޯވިޑްގެ ހާލަތާއި ގުޅިގެން އޮންލައިންކޮށެވެ. މިދިޔަ އަހަރު ރާއްޖެ ތަމްސީލް ކުރެއްވީ ފޮރިން މިނިސްޓތަރު އަބްދުﷲ ޝާހިދެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެއިން ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް