ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.
އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ނިއު ޔޯކަށް ވަޑައިގަތުމުން، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އެއަރޕޯޓުން ރައީސަށް މަރުހަބާ ވިދާޅުވީ އަބްދުﷲ ޝާހިދާއި ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ތިލްމީޒާ ހުސައިނެވެ.
އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ތަގްރީރު ކުރެއްވުމަށް ތާވަލުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 21 ވާ އަންގާރަ ދުވަހު އެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވަނީ ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.
ރައީސް ސޯލިހާއި އަބިކަނބަލުން ފަޒުނާ އަހްމަދުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް