ޕީޕީއެމްގެ މުޒާހަރާ ފުލުހުން ރޫޅާލައިފި، ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފަ

ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ. ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަމަށް ބުނެ އެ ކޯލިޝަނުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލު...

19 Sep 2021 | 17:37

ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.

ފިޔަވަތީގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަމަށް ބުނެ އެ ކޯލިޝަނުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގައި ފުލުހުން ރޫޅާލާފައިވަނީ ޕެޕަރ ސްޕްރޭ ޖަހައިގެން ނެވެ.

ފުލުހުން ޕެޕަރ ސްޕްރޭ ޖަހާފައިވަނީ މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް އިއުލާނު ކުރުމަށް ފަހު، ގާނޫނީ އިންޒާރު ދިނުމަށް ފަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން މުޒާހަރާ ރޫޅާލުމުން، މުޒާހަރައިގެ ބައިވެރިން ވަނީ މާލޭގެ އެކި މަގުތަކަށް ބެހިގެން ގޮސް، މިހާރުވަނީ އެކި މަގުތަކުގައި މުޒާހަރާ ކުރަމުން ނެވެ.

ފިޔަވަތީގައި ހިނގާ ކަންކަމާ ގުޅުވައިގެން ކަމަށް ބުނެ، އެ ކޯލިޝަނުން ކުރަމުންދާ މމި މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށެވެ. އަދި ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ސަލާމަތަށް ހުރި ގޮންޖެހުންތަކާ ގުޅުވާ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކަމަށް ވެސް އަންނަނީ ގޮވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް