މިއަދު 82 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދު 82 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ އަތޮޅުތެރެއިން 47 މީހުންނާއި މާލެއިން 29 މީހުންނާއި ރިސޯޓުތަކުން ހަ މީހުން ކަމަށެވެ. ކޯވިޑު ބަލ...

19 Sep 2021 | 17:04

ރާއްޖެއިން މިއަދު 82 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ އަތޮޅުތެރެއިން 47 މީހުންނާއި މާލެއިން 29 މީހުންނާއި ރިސޯޓުތަކުން ހަ މީހުން ކަމަށެވެ.

ކޯވިޑު ބަލި ދެނެގަތުމަށް ފާއިތުވި 24 ގަޑި އިރު، ޓެސްޓުކޮށްފައިވަނީ 4،698 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޯވިޑް-19 ޖެހިގެން 1،663 މީހުންނަށް ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 21. މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 83،576 މީހުންނަށް ކޯވިޑު ޖެހިފައިވާ އިރު، 81،671 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 229 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް