އެއާބަސް އޭ 380 މަރުކާގެ ބޯޓެއް ވީއައިއޭގައި ފުރަތަމަ ޖެއްސި ދުވަސް ހަނދާން އެބަހުރިތަ؟

ރާއްޖެއަކީ ނިސްބަތުން އާބާދީ މަދު ގައުމަކަށް ވިޔަސް ތާރީޚުން މުއްސަނދު ގައުމެކެވެ. ތަފާތު އެކި ގޮތްގޮތުން ނެވެ. ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިދިޔަ "ރިވެތި އިސްލާމީ އާދަކާދައިގެ" ސަބަބުންނާއި ...

19 Sep 2021 | 16:24

ރާއްޖެއަކީ ނިސްބަތުން އާބާދީ މަދު ގައުމަކަށް ވިޔަސް ތާރީޚުން މުއްސަނދު ގައުމެކެވެ. ތަފާތު އެކި ގޮތްގޮތުން ނެވެ. ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިދިޔަ "ރިވެތި އިސްލާމީ އާދަކާދައިގެ" ސަބަބުންނާއި ތަފާތު އެއްތައް ގޮތަކުން ނެވެ.

ރާއްޖޭގެ ވައިގެދަތުރުގެ މައި ދޮރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއަށް ފުރަތަމަ ފަހަރަށް އެއަރބަސް އޭ 380 މަރުކާގެ މަތިންދާ ބޯޓެއް ޖެއްސި ދުވަހަކީ ވެސް ތާރީޚުން ޖާގަ ހޯދާފައިވާ ދުވަހެކެވެ.

އެގޮތުން މީލާދީ ސަނަތުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހަކީ މުޅި ދިވެހިރާއްޖޭގެ ތާރީޚުން އައު ސަފްހާއެއްގައި (ރަތް) އަކުރުން ލިޔެވުނު ދުވަހެއް ކަމީ ޝާއްކެތް އޮތް ކަމެއް ނޫނެވެ.

އެއީ ރާއްޖޭގައި ކުރިން ބޭނުން ކުރި ވައިގެ ބަނދަރު ބޮޑުކޮށް ވީއައިއޭގައި ފުރަތަމަ ފަހަރަށް އެއަރބަސް އޭ 380 ގެ ބޯޓެއް ހަމައެކަނި ޖެއްސުމުން އެކަންޏެއް ނޫނެވެ. އެ ބޯޓު ދުއްވަން އިން ޕައިލެޓަކީ ވެސް ދިވެއްސަކަށް ވާތީ އެވެ.

މީގެ އިތުރުން މި ބޯޓު ރާއްޖެ އައީ ބަންގްލަދޭޝްގައި ކުރިޔަށް ދިޔަ ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ދިވެހި ޓީމު ގޮވައިގެން ކަމީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

މި ބޯޓު އައު ރަންވޭއަށް ޖެއްސީ އެ ދުވަހުގެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބޯޓު ޖެއްސުމުގެ ހުއްދަ ރައީސް އަބްދުﷲ ޔާމީން ދެއްވުމުން ނެވެ.

އިއްތިހާދު އެއަރވޭސް އެ ބޯޓު އައު ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން 1،000 ފޫޓު މަތިން ވަނީ ބުރެއް ޖަހާފަ އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އެ ރަންވޭއަށް 3:45 ހާއިރު، ބޯޓު  ޖެއްސުމާއެކު އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ ވޯޓަރ ސެލިއުޓެއް ދީފަ އެވެ.

އެ ބޯޓު ބޯޓު ޖެއްސުމަށް ފަހު ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެއް ވެސް ބާއްވާނެ އެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިއަށް ގެންދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.

މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ސިނަމާލެ ބްރިޖް ކައިރިއަށް އެއްވެފައި އެބަތިއްބެވެ.

އެދުވަހަށް ފަހު ތިން އަހަރު ވެގެން ދިޔަ އިރު، މިކަން ހަނދާންހުރީ ކިތައް މީހުންބާ އެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް