ހިމޭން އިހުތިޖާޖުން ޖަވާބެއް ނުލިބުމުން މާދަމާ ސިވިލް ސާވަންޓުން މަސައްކަތް ހުއްޓާލަނީ

ސިވިލް ސާވަންޓުން މުސާރައިގެ މައްސަލައިގަ މިއަދު ކުރި ހިމޭންކަމުގެ އިހުތިޖާޖުން ނަތީޖާއެއް ނުނުކުތުމުން މާދަމާއިން ފެށިގެން މަސައްކަތް ހުއްޓާލުމަށް ނިންމައިފި އެވެ. މި އިހުތިހާޖު ކުރިޔަށް ގެންދިއުމުގަ...

19 Sep 2021 | 15:45

ސިވިލް ސާވަންޓުން މުސާރައިގެ މައްސަލައިގަ މިއަދު ކުރި ހިމޭންކަމުގެ އިހުތިޖާޖުން ނަތީޖާއެއް ނުނުކުތުމުން މާދަމާއިން ފެށިގެން މަސައްކަތް ހުއްޓާލުމަށް ނިންމައިފި އެވެ.

މި އިހުތިހާޖު ކުރިޔަށް ގެންދިއުމުގައި އިސްނަގައިގެން އުޅޭ ސިވިލް ސާވަންޓު އެސޯސިއޭޝަނުން ބުނީ އިހުތިޖާޖު ހުއްޓާލާނީ ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް އައިސް، އެކަމަށް ޖަވާބެއް ލިބުމުން ކަމަށެވެ. އެސޯސިއޭޝަނުން ބުނީ މިއަދު ހިމެންކަމާއި ކުރި އިހުތިޖާޖަށް ސަރުކާރުން އެއްވެސް ޖަވވާބެއް ދީފައި ނުވާނެ ކަމަށެވެ.

އެގޮތުން ރައީސާއި ސިވިލް ސާވިސް ކޮމިޝަނުންވެސް މިހާތަނަށް އެއްޗެއް ނުބުނާ ކަމަށް ބުންޏެވެ. މުވައްޒަފުން ބޭނުންވަނީ މިކަމުގައި ރައީސް ނުވަތަ ނައިބު ރައީސްގެ ބަޔާނެއް ލިޔުމުން ކަމަށާއި ޕޭ ކޮމިޝަން އަދި ފިނޭންސް މިނިސްޓްރީގެ ވެސް ސިވިލް ސާވަންޓުންގެ މުސާރައަށް ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭން ޖެހޭ ކަމަށް ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ މާދަމާ އޮފީސްތަކަށް މުވައްޒަފުން ނުކުތަސް މަސައްކަތް ނުކުރާނެ ކަމަށެވެ. މިއަދު އެޖަމިއްޔާގެ އިސްނެގުމަށް ކުރި ހިމޭންކަމުގެ އިހުތިޖާޖުގާޢީ ރާއްޖޭގެ98 ޕަސެންޓު ރަށްރަށުގެ މުވައްޒަފުން ބައިވެރިވެފައިވާތީ މާދަމާވެސް އެއްބާރުލުން ލިބޭނެ ކަމަށް ބުނެ އެވެ.

އެ އެސޯސިއޭޝަނުން ބުނީ އެމީހުން ކުރަމުން ދަނީ ނުކޮށްދެވޭވަރުގެ ޑިމާންޑުތަކެއް ނޫން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިން އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިވިން އެލަވެންސް ދިނުން އަދި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމެވެ. މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމާއި ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުމަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް