ރާއްޖޭގެ ފުރަތަމަ ހާބާ މާސްޓަރު ރިޓަޔާ ކުރައްވައިފި

ރާއްޖޭގެ ފުރަތަމަ ހަބާ މާސްޓު ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާ ކުރައްވައިފިއެވެ. އޭނަ މަސައްކަތުން ރިތަޔަ ކުރެއްވި24 އަހަރު ދައިރާއަސް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ހާބާ މާސ...

19 Sep 2021 | 15:08

ރާއްޖޭގެ ފުރަތަމަ ހަބާ މާސްޓު ކެޕްޓަން އަހުމަދު ރަޝީދު ރިޓަޔާ ކުރައްވައިފިއެވެ.

އޭނަ މަސައްކަތުން ރިތަޔަ ކުރެއްވި24 އަހަރު ދައިރާއަސް ހިދުމަތް ކުރެއްވުމަށް ފަހު އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހާބާ މާސްޓަރުގެ ގޮތުގައި، ކެޕްޓަން އަހުމަދު ރަޝީދު އެމްްޕީއެލްއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރެވެ. އެމްޕީއެލުން ބުނީ އެ ކުންފުނިން ފާއިތުވި 24 އަހަރު ހޯދި ކުރިއެރުންތަކުގައި، ކެޕްޓަން އަހުމަދު ރަޝީދުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެމްޕީއެލްއިން މިއަދު ވަނީ ކެޕްޓަން ރަޝިދުގެ ޝަރަފުގައި ހަފްލާއެއް ބާއްވާފައި އެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ އޭނާގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ.

އެމްޕީއެލްއިން ބުނީ ޕައިލަޓޭޖް އެންޑް މެރިން ސާވިސަސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މެރިން އޮޕަރޭޝަންސްތައް ހަރުދަނާކޮށް، އެ ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރުމުގައި، ކެޕްޓަން އަހުމަދު އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭނާ ފާހަގަކުރެވިފައިވަނީ ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓައި، މަސައްކަތުގެ މައްސޫލިއްޔަތުތައް ވަރަށް ރަނގަޅަށް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

https://twitter.com/Portmv/status/1439475320432717826

އެމްޕީއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ހާބާ މާސްޓާރުގެ މަގާމަށް މީހަކު އައްޔަންކޮށްފައެވެ. އެގޮތުން މެރިޓައިމް ދާއިރާގެ 30 އަހަރުގެ ތަޖުރިބާ ހުރި ކެޕްޓަން ހަސަން ޒަރީރު ވަނީ މި މަގާމަށް އައްޔަން ކުރައްވައިފައެވެ.

ކެޕްޓަން ހަސަން ޒަޒީރު އެންމެ ފަހުން މަސައްކަތްކުރެއްވީ އެސްޓީއޯގައެވެ. އޭގެ ކުރިން ސިންގަޕޫރުގެ އޭޕެކްސް ޝިޕް މެނޭޖްމަންޓް ކުންފުންޏާއި މޯލްޑިވްސް ނެޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓަޑުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް