ފިޔަވަތީގައި ރަޔަޓެއް ކުރިއަށްދާކަމަށްބުނެ އެމްވީ ކްރައިސިސްގައި އެ ފަތުރަނީ ދޮގު މައުލޫމާތުކަމަށާއި، ފިޔަވަތިން ނެރެގެން އެމްބިއުލާންސްގައި އެ ގެންދިޔައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ އިން މިހެން ބުނެފައިވަނީ ދެންމެ ކުރި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އެ މިނިސްޓްރީން ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް ރަޔަޓެއް ހިނގާފައެއް ނުވާކަމަށެވެ. ފެނިގެން އެ ދިޔައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖަކު ނެރެގެން ފަރުވާ ހޯދުމަށް ގެންދެވޭ މަންޒަރުކަމުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ކުދިންނާއި ގުޅޭ މިފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރައްވާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެއްވުމަށްފަހު ރައްޔިތުންނަަށް މައުލޫމާތު ހާމަކުރެއްވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވާކަމަށެވެ.
https://twitter.com/MoGFSSmv/status/1439578556678299648
އެމްވީ ކްރައިސިސްގައި ހާމަކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ސްޓްރެޗަރެއްގައި ކުއްޖަކު ނެރެގެން އެމްބިއުލާންސަށް އަރުވާ މަންޒަރެވެ. ކެޕްޝަނުގައި ބުނެފައިވަނީ ހުޅުމާލެ ފިޔަވަތި ރަޔަޓު ހޫނުވެ ކުޑަކުއްޖަކު އެމަޖެންސީގައި އިތުރު ފަރުވާއަށް ގެންގޮސްފިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް