ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ 97 ޕަސެންޓު މަސައްކަތް ނިންމައިފި

އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވ...

19 Sep 2021 | 10:21

އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ފެންހިންދާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގެ 83 ޕަސެންޓްނިމިފަވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމް ކުރާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް 17,776 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢަކީ 41.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް