އެމްޓީސީސީން އިޖްތިމާއީ ޒިންމާގެ ދަށުން ބައެއް ރަށްރަށުގަ މުހިންމު މަސައްކަތްތަކެއް ކޮށްދީފި

އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން މަޝްރޫއުތައް ކުރިޔަށް ގެންދާ ބައެއް ރަށްރަށަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް ކޮށްދީފި އެވެ. އެ ކުންފުނިން ބުނީ މިދިޔަ ހަފްތާ އާއި މި ހަފްތާގަ...

19 Sep 2021 | 10:01

އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން މަޝްރޫއުތައް ކުރިޔަށް ގެންދާ ބައެއް ރަށްރަށަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް ކޮށްދީފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ ހަފްތާ އާއި މި ހަފްތާގައި އެފަދަ މަސައްކަތަކެއް ދެ ރަށެއްގައި ކޮށްދީފައިވާ ކަމަށެވެ. އެއީ ށ. ބިލެއްފައްސާއި ހދ. ނެއްލައިދޫ އެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫގައި ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ހުރި ބާވެ ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް ކުރުމަށް އެހީތެރިވަމުންދާ ކަމަށެވެ. އެ މަސައްކަތް ފެށި މިއަދު އެވެ.

މިދިޔަ ހަފްތާގައި ބިލެއްފަހީގައި އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތްތަކުގެ ތެރޭގައި ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް ހިމެނެ އެވެ.

މީގެ ކުރިންވެސް އެމްޓީސީސީން ވަނީ އެކި ރަށްރަށުގައި އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އެގޮތުން މަލޭގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މޫދަށް ފައިބަށް ވޮކް ވޭ އަކާއި ރ. ދުވާފަރު ސިއްހީ މަރުކަޒު ގޮތި ތެރޭގައި ގާ އަޅައި ދިނުން ފަދަ މަސައްކަތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް