"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ހަރަކާތް އިތުރަށް ފުޅާކޮށް، ބޮޑު ޖަލްސާއެއް ބާއްވަނީ

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ހަރަކާތް އިތުރަށް ފުޅާކޮށް، ބޮޑު ޖަލްސާއެއް ބާއްވަން ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ. އެ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި...

19 Sep 2021 | 08:43

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ހަރަކާތް އިތުރަށް ފުޅާކޮށް، ބޮޑު ޖަލްސާއެއް ބާއްވަން ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.

އެ ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މި ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ނިންމީ ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށެވެ.

އެގޮތުން މި މަހުގެ 24 ވާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި "ބޮޑު ޖަލްސާ" އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ޖަލްސާ އޮންނާނީ އެރޭ 08:15 ގައި ކަމަށެވެ.

އެ ކޯލިޝަނުން ބުނީ މި ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަރުވާ ކަމަށާއި މިއީ ގައުމީ ޖަލްސާއެއް ކަމަށެވެ.

"މިއީ ގައުމީ ޖަލްސާއެއް. މި ޖަލްސާގައި ކުރިއަށްދާނީ ފެއްސާއި ރަތާއި ހުދުގެ ޖަލްސާއެއްގެ ގޮތުގަ. އެއްވެސް ހާލެއްގައި މިއީ ސިޔާސީ ކުލަ ޖެހިގެން ބާއްވާ ޖަލްސާއެއް ނޫން." ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.

މީގެ އިތުރުން އެރޭގެ ޖަލްސާގައި "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" މި ހަރަކާތުގެ ލަވަ އާއި ލޯގީ އިފްތިތާހު ކުރުން އޮންނާނެ ކަމަށާއި ހަރަކާތާއިގުޅޭ ޚާއްސަ މައުލޫމާތުތަކެއް ވެސް ފޯރުކޮށްދޭނެ ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް