ގެސްޓް ހައުސް އެސޯސިއޭޝަންގެ ނަން ބަދަލުކޮށްފި

ޓޫރިޒަމް ދާއިރާގައި މަޝްހޫރު ގެސްޓު ހައުސް އެސޯސިއޭޝަން (ގޭމް)ގެ ނަން ބަދަލުކޮށްފި އެވެ. ޖަމިއްޔާގެ ނަން ބަދަލުކުރީ އިއްޔެ މާފުށީގައި ބޭއްވި އަހަރީ އާއްމު ޖަލްސާގަ އެވެ. ޖަލްސާގައި ފާސްކޮށްފައިވަނީ އެ...

19 Sep 2021 | 07:50

ޓޫރިޒަމް ދާއިރާގައި މަޝްހޫރު ގެސްޓު ހައުސް އެސޯސިއޭޝަން (ގޭމް)ގެ ނަން ބަދަލުކޮށްފި އެވެ.

ޖަމިއްޔާގެ ނަން ބަދަލުކުރީ އިއްޔެ މާފުށީގައި ބޭއްވި އަހަރީ އާއްމު ޖަލްސާގަ އެވެ. ޖަލްސާގައި ފާސްކޮށްފައިވަނީ އެ ޖަމިއްޔާގެ ނަން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން" އަށް ބަދަލު ކުރާށެވެ.

އެ ޖަމިއްޔާގެ ނަން ބަދަލު ކުރީ ގެސްޓް ހައުސް ގިންތި ކަނޑައެޅުމުގައި ގެންނަން ނިންމާފައިވާ ބަދަލުގެ އިތުރުން ރާއްޖޭގައި މިހާރު ހުރި ހޮޓެލްތަކަށް އެ ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަލަށް ގެންނަ ބަދަލާއި އެކު  10 ކޮޓަރިއަށްވުރެ ގިނަ ތަންތަން ހޮޓެލްތަކަށް ބަދަލު ކުރަން ނިންމާފައިވެ އެވެ.

އެ ޖަމިއްޔާއިން ނިންމާފައިވަނީ ޖަމިއްޔާގެ ނަން ރީބްރޭންޑުކޮށް މަސައްކަތްތައް ވެސް ކުރިއަށް އޮތް އަހަރުތަކުގައި ފުޅާ ކުރާށެވެ. އެގޮތުން، ކޮންމެ އަހަރަކު ގެސްޓު ހައުސްތަކާއި ހޮޓަލްތަކަށް ހާއްސަ ކޮށްގެން ދެ މެގަޒިން ނެރޭނެ ކަމަށާއި ރާއްޖޭން ބޭރުގެ ފެއާތަކުގައި ބައިވެރިވާން ނިންމާފައިވެ އެވެ.

އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ މެގަޒިނެއް ނެރުމަށް "އޯޓޯ ކްރިއޭޓިވް" އާ އެކު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް