ދަރުބާރުގޭ ދެކުނު ފަރާތުގައި ޕާކުކޮށްފައި އޮތް ވޭން އެއްގަ އަލިފާން ރޯވެއްޖެ

ދަރުބާރުގޭ ދެކުނު ފަރާތުގައި ޕާކުކޮށްފައި އޮތް ވޭން އެއްގައި އަލިފާން ރޯ ވެއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާ އާގުޅިގެން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ޓީމް ހަރަކާތްތެރިވެފައިވާ ކަމަށާއި...

19 Sep 2021 | 07:38

ދަރުބާރުގޭ ދެކުނު ފަރާތުގައި ޕާކުކޮށްފައި އޮތް ވޭން އެއްގައި އަލިފާން ރޯ ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ އާގުޅިގެން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ޓީމް ހަރަކާތްތެރިވެފައިވާ ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 10:31 ހާ އިރު ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ވޭން ގެ ޑޭޝްބޯޑު މަތީގައި ބާއްވާފައި އޮތް ޕަވަރބޭންކް ތަކެއްގައި ރޯވެގެން ކަމަށް ބެލެވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް