އައި.ޖީ.އެމް ހޮސްޕިޓަލަށް 11 ނަރުހުން ހޯދަން އިޢުލާންކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް (އައި.ޖީ.އެމް) ހޮސްޕިޓަލަށް 11 ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ. އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ހޯދަނީ ރަޖިސްޓާޑް ނަރުހުންނާއި، ސީނިއާ ނަރުހުންގެ އިތުރުން ކްލިނިކަލް ...

19 Sep 2021 | 07:32

އިންދިރާ ގާންދީ މެމޯރިއަލް (އައި.ޖީ.އެމް) ހޮސްޕިޓަލަށް 11 ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ހޯދަނީ ރަޖިސްޓާޑް ނަރުހުންނާއި، ސީނިއާ ނަރުހުންގެ އިތުރުން ކްލިނިކަލް ނަރުހުންނެވެ.

އިއުލާންގައި ވާ ގޮތުން، މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ސެޕްޓެމްބަރ 2021ން 6 އޮކްޓޯބަރ 2021 ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

ގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް