މި އަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ނިންމައި އެކަން ހާމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފަހަރު ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ ކޯވިޑް-19ގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން މާލެ ކައިރީ ސަރަހައްދެއްގައި އެދުވަސް ފާހަގަކުރުމަށް ކަމަށެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ކުރިމަތިލުމަށް އާންމުކޮށް ހުޅުވާނުލީވެސް އެހެންވެއެވެ.
މީގެ އިތުރުން މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަ ކުރުމަށް ނިންމާފައިވަނީ އެ ރަށު ކައުންސިލާ މަޝްވަރާކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޯވިޑް-19ގެ ނުރައްކާ ހާލަތެއްގައި އޮތުމުން، މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރީ ވާޗުއަލް ކޮށެވެ.
މި އަހަރު ފާހަގަ ކުރާ މަސްވެރިންގެ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރާ 41 ވަނަ މަސްވެރިންގެ ދުވަހެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް