މީހުންގެ ހިތްދަމައިގެންނަ ވީޑިއޯ ހިއްސާ ކުރުމުގައި މަޝްހޫރު މީހެއް!

ސޯޝަލް މީޑިއާގައި މީހުންގެ ހިތް ދަމައިގެންނަ ކަހަލަ ވީޑިއޯ ހިއްސާ ކުރުމުގައި ބުޓެއިންގޭބައިޑަން ކިޔާ ޓުވިޓާ އެކައުންޓު ހިންގާ މީހާއަކީ ކާމިޔާބު ހޯދަމުން އަންނަ މީހެކެވެ. އޭނާގެ ތައާރަފެއްގެ ގޮތުގައި ބ...

19 Sep 2021 | 07:19

ސޯޝަލް މީޑިއާގައި މީހުންގެ ހިތް ދަމައިގެންނަ ކަހަލަ ވީޑިއޯ ހިއްސާ ކުރުމުގައި ބުޓެއިންގޭބައިޑަން ކިޔާ ޓުވިޓާ އެކައުންޓު ހިންގާ މީހާއަކީ ކާމިޔާބު ހޯދަމުން އަންނަ މީހެކެވެ.

އޭނާގެ ތައާރަފެއްގެ ގޮތުގައި ބުނެފައިވަނީ ޓުވިޓާގެ ރަނގަޅު ފަރާތަށް މަރުހަބާ ކިޔާ ކަމަށެވެ. އެމީހާ ބުނެފައިވާ ގޮތުގައި އެއީ ނެދަލޭންޑަށް ނިސްބަތްވާ ސޭންޑާ ކިޔާ މީހެކެވެ.

އޭނާގެ ފީޑުގައި މުޅިންވެސް ހުރީ ތަފާތު ވީޑިއޯއެވެ. އެއިގެން ކޮންމެ ވީޑިއޯއެއް ބަލާލުމުން މޫނު މައްޗަށް ހިނިތުންވުން ގެނުވާ ވީޑިއޯ ތަކެކެވެ.

ސޭންޑާގެ ވީޑިއޯތަކުގެ ތެރެއިން އިއްޔެއިން ފެށިގެން ކުޑަކުއްޖެއްގެ ވީޑިއޯއެއް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ދިޔައީ ހޯދަމުންނެވެ. އޭނާ ވީޑިއޯ ޓުވީޓާގައި ހިއްސާކޮށް ލިޔެފައިވަނީ "ޝެއަރިން އިޒް ކެއަރިން" ކަމަށެވެ.

ވީޑިއޯގައި ފެންނަނީ ކުޑަކުއްޖަކު ރޮށިގަނޑެއް ނުވަތަ ޕާން ގަނޑެއް ކާން ހުންނަތަނެވެ. އަދި ކައިރީގައި ބުޅަލެއް އިނުމުން އިރުކޮޅެއްގައި ބަލާލަން ހުރުމަށް ފަހު އެ ބުޅަކަށް ކާންދިނުމުގެ ގޮތުން ދިއްކޮއްލުމުން ބުޅާ ކާލަ އެވެ.

އިއްޔެ މެންދުރު އާންމު ކުރި މި ވީޑިއޯ މިހާތަނަށް 69،700 އަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ. ބެލެވޭ ގޮތުގައި މި ވީޑިއޯއަކީ އަރަބި ގައުމެއްގައި ނަގާފައިވާ ވީޑިއޯއެކެވެ

https://twitter.com/buitengebieden_/status/1439137830568144896

އޭނާގެ ބައެއް ވީޑިއޯތައް އެތައް ލައްކަ ބަޔަކު ބަލާފަ އެބަހުއްޓެވެ. އަދި އެ ވީޑިއޯތަކަށް ގިނަ ބަޔަކު ތައުރީފުކޮށް ކޮމެންޓުކޮށްފައިވެ އެވެ. އެގޮތުން އެފަދަ އިތުރު ވީޑިއޯތައް އާންމުންނާއި ހިއްސާ ކުރުމަށްް ސޭންޑާ ގާތުން އެދެމުންދެ އެވެ.

އޭނާ އާންމުކޮށްފައިވާ ވީޑިއޯތަކުގެ ތެރޭގައި ދުވުމުގެ ރޭހެއްގައި އެއްވަނަ އަށް ދުވަމުން އައި މީހާ ބަލިވެގެން ނުވަތަ ކޮންމެސް ކަމެއް ވެގެން ވެއްޓިގެން ނުދުވެވިގެން އުޅޭަން ފެނެ އެވެ. ދެން ފެންނަނީ އޭނާގެ ފަހަތުން އަންނަ މީހާ ވަނަ ހޯދަން ބާރަށް ދުވުމުގެ ބަދަލުގައި ވެއްޓިފައި އޮތް މީހާ ނަގައިގަނެގެން ދާތަނެވެ.

އޭނާ ހިއްސާކޮށްފައިވާ ގިނަ ވީޑިއޯތަކުގައި އިންސާނުންނާއި ޖަނަވާރުންގެ މަންޒަރުތައް ފެނެ އެވެ.

https://twitter.com/buitengebieden_/status/1439117178620551169

https://twitter.com/buitengebieden_/status/1438923673562451970

https://twitter.com/buitengebieden_/status/1439176620527570948

ޓުވިޓާގައި އޭނާ ފްލޯ ކުރާ މީހުންގެ އަދަދަކީ 464 ހާހެވެ. ސޭންޑާ ބުނެފައިވާގޮތުގައި އޭނާގެ އެކައުންޓުން ހިއްސާކޮށްފައި ހުންނަ ވީޑިއޯތަކަކީ އެހެން މީހުންގެ ބުރަ މަސައްކަތް ކަމަށާއި އެފަދަ ވީޑިއޯ އޭނާގެ އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ދޭނެ ކަމަށެވެ.

ސެންޑާ ވަނީ ވީޑިއޯ ނެގުމަށް ފަހު އޭނާއަށް ފޮނުވުމަށް އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް