ބ. މާޅޮހުން ކޮވިޑުގެ ގިނަ ކޭސްތަކެއް ފެނި، ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.
އެރަށު ސިއްހީ މަރުކަޒުން ހާމަކުރި ތަފާސް ހިސާބަށް ބަލާ އިރު، މިހައިތަނަށް 32 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު އެރަށުން ކޮވިޑުގެ ފުރަތަމަ ކޭސް ފެންމަތިވި ހިސާބުން އަދާހަމައަށް 264 ސާމްޕަލް ވަނީ ނަގާފަ އެވެ. މީގެ ތެރެއިން ނެގެޓިވް ވެފައިވަނީ 232 ސާމްޕަލެވެ. އަދި 44 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.
ދުވަސް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފިރާގު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޕޮޒިޓިވް ވާ ފަރާތްތައް ކަރަންޓީނު ކުރަމުން އަންނަކަމަށެވެ.
"ރައްޔިތުންގެ މެދުގައި ހޭލުން ތެރިކަން އިތުރު ކުރުމަށްޓަކައި ސްޕިިީކަރުން ރަށުތެރޭގައި އެޗްޕީއޭގެ ގައިޑް ލައިންތަކަށް ތަބާވުމަށް މިދަނީ ގޮވަމުން. އަދި ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުން ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނިކުމެ ނޫޅުމަށާއި ބޭރުގައި އުޅޭވަގުތު މާސްކް އެޅުމަށް އަންގާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް