ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިއްހީ ހާލުކޮޅަށް ވިސްނަވައި ސިޔާސީ ކަންކަމުން ޗުއްޓީ ނެންގެވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބަދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.
"ދުވަސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޖާބިރު ވިދާޅުވީ، ބަރުލަމާނީއަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބޮޑުވަޒީރަކަށް ވުމަށް ރައީސް ނަޝީދު އެ ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށައި މި ވަގުތު ނަޝީދަށް އެންމެ ރަނގަޅު ގޮތަކީ ސިޔާސީ ގޮތުން ޗުއްޓީއެއް ނެންގެވުން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ބޮން ގޮއްވައި ރައީސް ނަޝީދަށް އެ ލިބުނު އަނިޔާގެ ސަބަބުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް ޖާބިރު ވަނީ އެދިފައެވެ.
"އެމަނިކުފާނު މެންޓަލީ ފިޓުވާން ދެ އަހަރު ދުވަހުގެ ޗުއްޓިއެއް ނަންގަވަންޖެހޭ އަދި މަޖިލިސް ރައީސްކަން އެކަށިގެންވާ ބޭފުޅަކަށް ހަވާލުކުރަން ވެސް ޖެހޭ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނ ީ2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް