އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ޕީޕީއެމް ކައުންސިލަރެއްގެ ނަން ހިމަނައިފި!

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ ނަން އޮތްކަމަށް ވިދާޅުވެ މެމްބަރު ރޮަޒައިނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެ...

19 Sep 2021 | 05:44

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ ނަން އޮތްކަމަށް ވިދާޅުވެ މެމްބަރު ރޮަޒައިނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީން ރޭ ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓު އާންމުކޮށްފައިވަނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާތަކާއި އިންތިޚާބާ ބެހޭ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެމްޑީޕީން ބުނެއެވެ.

މި ލިސްޓު އާންމުކުރުމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓު ލެވެންވީ ކީއްވެގެންތޯ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޓެގް ކުރައްވައި ސުވާލުކުރައްވާފައެވެ.

"އައްޑޫ މީދޫގެ ޕީޕީއެމް ކައުންސިލަރު ވެސް އެބައޮތް އެމްޑީޕީގެ ވޯޓާސް ލިސްޓުގައި. މީ ބޮޑު ޖޯކެއްނު. މިކަން މިހެން ބަލައެއް ނުގަނެވޭނެ" ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް