55 އިންޗީގެ ޓީވީއެއް ބޭނުންތަ؟ ޓުޑޭސްޓޭސްޓް 100 ޓީބޭގުގެ ސައިފަތް ޕެކެޓެއް އަވަހަށް ގަނެލާ

ޓުޑޭސްޓޭސްޓް 100 ޓީބޭގުގެ ސައިފަތް ޕެކެޓް ގަނެގެން "55 ޓީވީ އެއް ލިބުމުގެ ފުރުސަތު ޕިރަމިޑުން ހުޅުވާލައިފި އެވެ. ޕިރަމިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުިގެ ޑިސެމްބަރ 31 ގެ ނިޔަލަށް ކަމަށާ...

19 Sep 2021 | 04:30

ޓުޑޭސްޓޭސްޓް 100 ޓީބޭގުގެ ސައިފަތް ޕެކެޓް ގަނެގެން "55 ޓީވީ އެއް ލިބުމުގެ ފުރުސަތު ޕިރަމިޑުން ހުޅުވާލައިފި އެވެ.

ޕިރަމިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުިގެ ޑިސެމްބަރ 31 ގެ ނިޔަލަށް ކަމަށާއި މި ޕްރޮމޯޝަންގައި ޓުޑޭސްޓޭސްޓް ސައިފަތް ޕެކެޓެއް ގަނެގެން އިނާމް ލިބުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އޮންނާނެ ކަމަށެވެ.

"ޓުޑޭސްޓޭސްޓް ސައިފަތް ޕެކެޓްގެ އެތެރޭގައި ޚާއްސަ ކާޑެއް އޮންނާނެ. މިކާރޑް ހުންނާނީ ކުލަ ކާރޑަކާއި ކުލަ ނޫން ކާރޑެއް. މީގެ ތެރެއިން ކުލަ ކާރޑް ލިބޭ ކަސްޓަމަރުން އެކާރޑުގެ ފުރަގަހުގައި އިންނަ ޕަޒްލް ފުރިހަމަކޮށްފައި ޕިރަމިޑުފިހާރަ މާލެ ނުވަތަ ޕިރަމިޑު ފިހާރަ ހުޅުމާލެ ގައި ހުންނަ ފޮއްޓަށް ވައްޓާލައްވާ." ޕިރަމިޑް ފިހާރައިން ބުންޏެވެ.

އެ ފިހާރައިން ބުނީ ފުރަތަމަ ބުރުގެ ގުރުއަތު ނެގުން އޮންނާނީ އޮކްޓޯބަރ މަހުގެ 31 ގައި ކަމަށާއި ޓީވީ ލިބޭ ފަރާތްތައް ހޮވުމަށް 3 ބުރެއް ބާއްވާނެ ކަމަށެވެ. އަދި ކޮންމެ ބުރަކުން ވެސް ގުރުއަތުން ހޮވޭ ފަރާތަށް އިނާމު ހަވާލު ކުރުން އޮންނާނީ ޕިރަމިޑް ފިހާރަގައި ކަމަށެވެ.

މީގެ އިތުރުން ކުލަ ނޫންކާރޑަށް ވެސް ޓުޑޭސް ޓޭސްޓް ސައިޖޯޑް، މަގު ފަދަ ތަފާތު ހަދިޔާތައް ލިބޭނެ ކަމަށާއި ކާރޑް ލިބޭ ކަސްޓަމަރުން ކާރޑުގައިވާ ޕަޒްލް ފުރިހަމަ ކުރުމަށް ފަހު ޕިރަމިޑް މާލެ ނުވަތަ ހުޅުމާލެ ފިހާރައަށް ވަޑައިގެން ކާރޑް ހަވާލު ކުރުމުން ހަދިޔާ ލިބޭނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

ޕިރަމިޑަކީ ތާޒާ ރަހަމީރު ޓުޑޭސް ޓޭސްޓު ސައިފަތުގެ ބާވަތްތަކާއި މަންޗީ ބިސްކޯދާއި މަޝްހޫރު ރަސާކޯ ބްރޭންޑުގެ އެސެންސް އާއި ޕްރީމިއަމް ކުއަލިޓީގެ ޒީބާ ބާސްމަތީ ހަނޑުލާއި ކާނާގެ އެކިއެކި ބާވަތްތައް ވިއްކާ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަސްޓަމަރުންނަށް މަގްބޫލް ފިހާރައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް